ވިމެންސް ވަރލްޑް ކަޕް: އެމެރިކާއިން ޗެމްޕިއަންކަން ދިފާޢުކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ވިމެންސް ވަރލްޑް ކަޕް: އެމެރިކާއިން ޗެމްޕިއަންކަން ދިފާޢުކޮށްފި

ފްރާންސްގައި ކުރިއަށްދިޔަ ވިމެންސް ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އެމެރިކާއިން ދިފާޢުކޮށްފިއެވެ.

މިރޭ ކުޅުނު ފައިނަލު މެޗުގައި އެމެރިކާއާ ވާދަކުރީ މި މުބާރާތުގެ ފައިނަލަށް މުޅިންއަލަށް ދަތުރުކުރި ނެދަރލޭންޑްސްއެވެ.

މި މެޗު އެމެރިކާއިން ކާމިޔާބުކުރީ 0-2 ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާ އިރު، އެމެރިކާގެ ދެލަނޑުވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ.

އެމެރިކާގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެގަން ރަފިނޯއެވެ. އަދި ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ޖަހައިދިނީ ރޯސް ލަވެއްލޭއެވެ.

ޖޫން 7ން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 24 ޓީމުން ވަނީ ވާދަކޮށްފައެވެ.

މިއަދު އޮންލައިން