އޭވީސީ ވޮލީ މުބާރާތުގެ ފައިނަލަށް ކިރްގިސްތާނާއި އުޒްބަކިސްތާނު

ކިޔުމަށް ހޭދަވާނީ 46ސ
އޭވީސީ ވޮލީ މުބާރާތުގެ ފައިނަލަށް ކިރްގިސްތާނާއި އުޒްބަކިސްތާނު

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ވޮލީ މުބާރާތުގެ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ކިރްގިސްތާނާއި އުޒްބަކިސްތާނު ހިނގައްޖެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާން ފައިނަލަށް ދޮޔައީ މިއަދު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ތުރުކުމަނިސްތާން ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް އުޒްބަކިސްތާން ދިޔައީ ސެމީފައިނަލް ދެވަނަ މެޗުގައި ރާއްޖެ އާބައްދަލުކޮށް ސީދާ ތިންސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-20، 25-19 އަދި 25-21 އިންނެވެ.

މި މެޗުން ރާއްޖެ ބަލިވިޔަސް މުބާރާތުގެ ތިންވަނަ ހޯދުމުގެ ފުރުޞަތު ރާއްޖެއަށް އެބައޮތެވެ. އެއީ މާދަމާ ހަވީރު ތިންވަނަ ހޮވާ މެޗުގައި ތުރުކުމަނިސްތާނާ ދެކޮޅަށްކުޅެ މޮޅުވެގެންނެވެ.

މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 16:15ގައެވެ. 

 
މިއަދު އޮންލައިން