ބަރުމާ އާއެކު ކުރި ތެލުގެ ވަގުވިޔަފާރީގެ މައްސަލަ އަލުން ބެލުމަށް މެންބަރު ފަލާޙް ގޮވާ ލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބަރުމާ އާއެކު ކުރި ތެލުގެ ވަގުވިޔަފާރީގެ މައްސަލަ އަލުން ބެލުމަށް މެންބަރު ފަލާޙް ގޮވާ ލައްވައިފި

އެސްޓީއޯގެ ކުންފުންޏަކުން ބަރުމާ އާއެކު ކުރި ތެލުގެ ވަގުވިޔަފާރީގެ މައްސަލަ އަލުން ބެލުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ގޮވާ ލައްވައިފިއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް މިއަދު ވިދާޅުވީ ރައީސް ޔާމީނާއި ސީދާ ގުޅުންހުރި މި މައްސަލަ ހުއްޓުވައިލީ ސިންގަޕޫރުގެ ކޯޓެއްގައި ކުރިއަށް ދަނިކޮށް ކަމަށެވެ. އަދި މައްސަލައިގެ ތަޙްޤީޤް ހުއްޓުވައިލީ ދިވެހި ސަރުކާރުން 10 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކަމަށެވެ.

800 މިލިއަން ޑޮލަރަށް އަރާކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަޙްޤީޤް ބޭރުގެ ތަޖުރިބާކާރު ކުންފުންޏަކުން ކުރަމުން ދަނިކޮށް 10 މިލިއަން ޑޮލަރު ދައުލަތުން ދައްކައިގެން ތަޙްޤީޤް ހުއްޓުވައިލުމުން އަދިވެސް މައްސަލަ ވަނީ ތުހުމަތުގެ ތެރޭގައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އެސްޓީއޯއަށް އައްޔަނު ކުރެއްވި އިސްބޭފުޅަކު އެ މައްސަލަ ބައްލަވަން އުޅުއްވުމުން އެ މައްސަލަ ބަލާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އަންގައި އެ މައްސަލަ ނުބަލަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވިކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން