ޖިނާޢީ މައްސަލަތަކުގައި އިންޑިއާ އާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގަ ސޮއިކުރަން މަޖިލީހުން ރުހުން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖިނާޢީ މައްސަލަތަކުގައި އިންޑިއާ އާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގަ ސޮއިކުރަން މަޖިލީހުން ރުހުން ދީފި

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް"ގައި ދިވެހި ސަރުކާރުން ސޮއިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި އެއްބަސްވުމުގައި ސޮއިކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެތެރެއިން 65 މެންބަރުންގެ އަޣްލަބިއްޔަތުނެވެ. ފާސްކުރުމާއި ދެކޮޅަށް 11 މެންބަރަކު ވޯޓުދިނެވެ.

މި މައްސަލަ ދިރާސާ ކުރި ކޮމިޓީން މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވީ ކޮމިޓީގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާއެކުގައެވެ. އެހެންކަމުން ކޮމީޓީ މަރުހަލާގައި އެއްބަސްވުމުގައި ސޮއިކުރަން ކޮމިޓީގެ އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އެޓަރނީ ޖެނރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ ޖިނާއި މައްސަލަތަކުގައި އެހީތެރިކަން ހޯދަން އިންޑިއާ އާއިއެކު ރާއްޖެއިން ސޮއި ކުރާ މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިއަދު އޮންލައިން