ކަސްޓަމްސް އަށް 2 ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ކަސްޓަމްސް އަށް 2 ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރައްވައިފި

ކަސްޓަމްސް އަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޝަރީފް، ހުޅުމާލެ (ފްލެޓް ނަމްބަރު 38-01-04) އާއި މ. ތިންހިރި މުހައްމަދު މާނިއު އަށް މަގާމުގެ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ކަސްޓަމްސް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ.

އަބްދުﷲ ޝަރީފް މިހާތަނަށް ހުންނެވީ ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ. އަދި މުހައްމަދު މާނިއު އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ. 

މިއަދު އޮންލައިން