ކަސްޓަމްސް އަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ކަސްޓަމްސް އަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަނު ކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަނުކުރައްވައިފިއެވެ.

 

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަރުންނަށް ޢައްޔަނުކުރައްވާފައިވަނީ، ހުޅުމާލެ ފްލެޓް ނަމްބަރު 38-01-04 އަބްދުﷲ ޝަރީފާއި މ. ތިންހިރި މުހައްމަދު މާނިއުއެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާނެވެ.

 

ޑެޕިއުޓީ ކޮމިޝަނަރުކަމަށް ޢައްޔަނުކުރެއްވި ޢަބްދުﷲ ޝަރީފް މިހާތަނަށް ހުންނެވީ ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓުގެ މަޤާމުގައެވެ. އޭނާ ކަސްޓަމްސްއަށް ޚިދުމަތްކުރައްވާތާ މިއީ 27 އަހަރެވެ.

 

ދެވަނައަށް އައްޔަން ކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު މާނިޢު މިހާތަނަށް ހުންނެވީ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓުގެ މަޤާމުގައެވެ. އޭނާވަނީ ކަސްޓަމްސްގައި 16 އަހަރު އަދި ފުލުހުންގެ ވަޒީފާގައި 13 އަހަރު ޚިދުމަތްކުރައްވާފައެވެ.

މިއަދު އޮންލައިން