ކޮންމެ ރޯދަމަހަކަށް ތަކެތީގެ އަގު ބޮޑުކުރޭ! ‍- ފުރަތަމަ ފާސްކުރަން ޖެހެނީ ތަކެތި ގަންނަ ފަރާތްތަކުގެ ޙައްޤުތައް: މެންބަރު ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ ރޯދަމަހަކަށް ތަކެތީގެ އަގު ބޮޑުކުރޭ! ‍- ފުރަތަމަ ފާސްކުރަން ޖެހެނީ ތަކެތި ގަންނަ ފަރާތްތަކުގެ ޙައްޤުތައް: މެންބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރަން ޖެހެނީ މުދައު ނުވަތަ ތަކެތި ގަންނަ ފަރާތްކުގެ ޙައްޤުތައް ކަމަށް ނޮޅިވަރން ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގައި މިއަދު ނަޝީދު ވިދާޅުވީ ކޮންމެ ރަމަޟާން މަހަކަށް މުދަލުގެ އަގުތައް އިންތިހާއަށް އުފުލާ ކަމަށެވެ. އަދި ބަންގާޅީންނާއި އެހެންވެސް ބިދޭސީންވެސް މުދައު އެތެރެކޮށް ވިއްކާ ކަމަށެވެ. އަދި އެމީހުން މުދައު ވިއްކަން ވަކިތަނެއްވެސް ކަނޑައެޅިފައި ނުއޮންނަ ކަމަށެވެ. 

"މާރުކޭޓް ކައިރީގަ ވީލްބަރޯއެއް ބާވައިގެން ވެސް ވިއްކަފާނެ. އެވެސް ވަނީ ވިޔަފާރި ގޮޅިއަކަށް. މަގުމަތީގައި ކޮންމެވެސް އެއްޗެއް ބަހައްޓާފައި އެއިގެ މަތީގައިވެސް ވިޔަފާރިކޮށްފާނެ. މިތަންތަނުގައި ވިއްކަނީ ކޮން ގޮތަކުން ހޯދާ ތަކެތި ކަމެއްވެސް ނުބަލާ. ހަމަ އޯޕަން މާކެޓުގައި އެގެންދަނީ ވިޔަފާރިކުރަމުން." ނަޝީދު ވިދާޅުވިއެވެ. 

ނަޗީދު ވިދާޅުވީ އަބަދުވެސް ޤާނޫނުތައް ހަދަނީ ވިޔަފާރިތަކުގެ ޙައްޤުތައް ހިމާޔަތްކުރަން ކަމަށެވެ. ތަކެތި ގަންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކުރަން އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ދުވާލަކު 2،3 ފަހަރު މުދަލުގެ އަގު ބޮޑުކުރަމުން ގެންދާއިރުވެސް އެކަން ހުއްޓުވަން ވެސް އެއްވެސް ޤާނޫނެއް، ޤަވާއިދެއްވެސް ނުހެދޭ ކަމަށެވެ. 

ނަޝީދު ވަނީ ނޭޝަނަލް ޗޭމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ޤާނޫނު ފާސްކުރާއިރު ތަކެތި ގަންނަ ފަރާތްތަކުގެ ޙައްޤުތައްވެސް ހިމާޔަތް ކުރެވޭނެ ގޮތަށް ޤާނޫނު ފާސްކުރަންވެސް ގޮވާލައްވައިފައެވެ.

 

 

މިއަދު އޮންލައިން