ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑީގެ މައްސަލައިގަ ޖާބިރު ރުޅިގަދަވެ ރިޔާސަތަށް ނުކިޔަމަންތެރިވުމުން މަޖިލީހުން ބޭރުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑީގެ މައްސަލައިގަ ޖާބިރު ރުޅިގަދަވެ ރިޔާސަތަށް ނުކިޔަމަންތެރިވުމުން މަޖިލީހުން ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުމާއިއެކު ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޗީދު އާއި ސުވާލކުކުރައްވާފައިވަނީ "މަނިކުފާނަށް މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވުމުން ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބިވަޑައިގެންނެވިތޯ؟" އެވެ. އެއީ ނިޒާމާއި ބެހޭ މައްސަލައެއްކަމަށް ބަލައި ނުގަންނަ ކަމަށް ރިޔާސަތުން ނިންމެވިއެވެ. އަދި ޖާބިރު އަޑުގަދަކުރައްވަމުން ގެންދެވުމުން ތަކުރާކޮށް ނަޞޭޙަތް ދެއްވުމަށްފަހު މަޖިލީހުގެ ޤަވާއިދުގައިވާ ގޮތަށް ޖާބިރުގެ ނަން ރިޔާސަތުން އިއްވައި މަޖިލީހުން ބޭރުކުރެއްވީއެވެ.

ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ "ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މިހައި ހެނދުނާ ތިހައި ކޯފާ އިސްކުރައްވައި ތިއައުޅުއްވާ ސަބަބެއް އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާ" ކަމަށާއި "ބޭރަށް ނުކުމެ ކޮފީ ބޮއި ހަމަޖެހިގެން" މަޖިލީހަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުން ނެރެން މަސައްކަތްކުރުމުން ވެސް ޖާބިރު ވަނީ އިދާރީ މޭޒުތަކާއި ހަމައަށް ވަޑައިގެން އަޑުގަދަކުރައްވައިފައެވެ.

މިއަދު އޮންލައިން