ބައްޕަ ނެތުމަކީ ކުދިންގެ މައްސަލައެއް ނޫން! ހެޔޮ އަމަލުކޮށްފިނަމަ ސުވަރުގެ ވައްދަވާނެ!: އިން ޝާ ﷲ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބައްޕަ ނެތުމަކީ ކުދިންގެ މައްސަލައެއް ނޫން! ހެޔޮ އަމަލުކޮށްފިނަމަ ސުވަރުގެ ވައްދަވާނެ!: އިން ޝާ ﷲ!: ޑރ. އިޔާޟް

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

ބައްޕަނެތް ކުދިންނަކީ އެކުދިންގެ ޒާތުގައި މަޢުޞޫމް ބައެކެވެ. އެކުދިންގެ މައިންބަފައިން ކުރި ނުބައިކަމެއްގެ ސަބަބުން އެކުދިން އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އެއީ އެކުދިންނަކާ ބެހޭވެސް ކަމެއްނޫނެވެ. ގިޔާމަތްދުވަހުން އެކުދިންނަކީވެސް އެހެންމީހުންނެކޭ އެއްފަދަ ބައެކެވެ. ޞާލިޙް ރަގަޅު ޢަމަލުކޮށްފައިވަނީ ނަމަ އަކަމުގެ ހެޔޮ ޖަޒާ ލިބޭނެއެވެ. ނުބައިކަމެއްކޮށްފައިވަނީނަމަ އެކަމެއްވެސް ދެކޭނެއެވެ. މުސްލިމެއްކަމުގައިވާ ޙާލު މަރުވެއްޖެނަމަ ސުވަރުގެލިބޭނެއެވެ. އިންޝާ ﷲ. 

- މިއީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެކެވެ. ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ނަހަލާލަށް ލިބިފައި ހުރި ދަރިންސުވަރުގެއަށް ނުވަދެވޭނެތޯ އާއި އަދި ދީނުގައި އޮތްގޮތެއް ސާފުކޮށްދެއްވުން" އެދި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. 

 

 

މިއަދު އޮންލައިން