ކާމިޔާބު އެތައް ދިވެހި ފިލްމެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވަދާއީ ހަތަރު ޝޯ، މިރެއިން ފެށިގެން އޮލިމްޕަހު ސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރ އަދި ޑާކްރެއިން އެންޓަޓެއިންމެންޓްގެ ބާނީ މުޙައްމަދު އަލީ (މޮގާ) ބުނީ، ފިލްމުގެ ވަދާއީ ޝޯތައް އެޅުވުމަށް ތައްޔާރުވެފައިވާއިރު، މިހާރުވެސް އެޝޯތަކަށް އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.
މިމަހުގެ 1 ވަނަ ދުވަހު ރިލީސް ކޮށްފައިވާ މިފިލްމަށް ގިނަ ބައެއްގެ ތަރުހީބު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަނީ ލިބިފައެވެ.
"މާމުއި" މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުޙަތު ޝުއައިބު (ނުޒޫ)، މަރިއްޔާ، އަހުމަދު ސުނީ، ހަމްދާން ފާރޫޤް، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަހުމަދު އަމާން، އަހުމަދު ޝާކިރު، ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިޔާ ތްރެސާ، އަދި އަލީ ޝަޒްލީމް ގެ އިތުުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ އެވެ. މީގެ އިތުރުން 90 ގެ އަހަރުތަކުގެ ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ ހިތްތަކުގައި ޖާގަ ހޯދާފައިވާ އިސްމާއިލް ވަޖީހު ވެސް މިފިލްމުން ފެނިގެންދާނެއެވެ.
މިއީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލްގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ކޮމެޑީ ފިލްމެކެވެ.