ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 50.65 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) ގެ ލޯނެއްދީފި އެވެ.

މިލޯނު ދީފައިވަނީ ސަރުކާރުން ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށެވެ.

މި މިލޯނު އެއްބަސް ވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އީއައިބީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޑް އެންޑްރިއު މެކްޑަވެލްއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް އީއައިބީން ވަނީ 45 މިލިއަން ޔޫރޯގެ ލޯނެއް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށްދީފަ އެވެ.

 

މިއަދު އޮންލައިން