ރާއްޖޭގަ ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގީ ބީއެމްއެލް އާ އެމްއެމްއޭގެ އެހީތެރިކަމުގަ ކަމަށްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް!: މެންބަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރާއްޖޭގަ ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގީ ބީއެމްއެލް އާ އެމްއެމްއޭގެ އެހީތެރިކަމުގަ ކަމަށްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް!: މެންބަރުން

ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ކަންކަން ހިންގީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އެމްއެމްއޭގެ އެހީތެރިކަމުގައި ކަމަށްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢްޤޫބް ޢަބްދުﷲ ވިދާޅުވީ ބީއެމްއެލް އާއި އެމްއެމްއޭ ފަދަ ދައުލަތުގެ އެންމެ މުހިންމު މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ދެ މުއައްސަސާކަމަށްވުމުން މިއީ މުޅި ދިވެހި ދައުލަތަށް އެކަމުގެ އަސަރުކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ހުރިހާ މުވައްޒިފުންނާއިމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މިއަދުވެސް މެންބަރުން ފާހަގަކުރި ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފަޅާއަރުވާލި ބީއެމްއެލްގެ މުވައްޒިފް ޤާސިމް ޢަބްދުލްޚަރީމަކީ ހިތްވަރު ގަދަ ޤައުމީ ބަޠޮލެކެވެ. އޭނާ ދިވެހި ޤައުމަށްޓަކައި ވީ ޤްރުބާނީއަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މެންބަރުން ވަނީ އޭނާ އެކަން ކުރުމުން ދިން ބޮޑު ގެއްލުމަށް ފުރިހަމަ ބަދަލު ދިނުމަށްވެސް ގޮވާލައިފައެވެ. އަދި އޭނާގެ މަޤާމް ރުހޫޢަ ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ދުނިޔޭގެ ފެންވަރުގެ މީހުން ގެނެސް ބޮޑު މުސާރައާއި އިނާޔަތްދީ، ސީއީއޯކަމާއި އެންމެ މަތީ މަޤާމްތައްވެސް ދީގެން ހިންގާ ތަނެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް މަގުފަހިކޮށްދެމުން ބީއެމްއެލްގެ ސީއީއޯ ގެ މަޤާމުގައި ހުރި މީހާ މިހާރުވަނީ "އަބުރުވެރިކަމާއިއެކު" މަޤާމުން އިސްތިއުފާދިނުމަށްފަހު ރާއްޖެއިން ފުރައިފައެވެ.

މިއަދު އޮންލައިން