ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް އިތުރުކުރުމުގެ ބިލު ފަންސާސް ހަތް މެންބަރުންގެ އަޣްލަބިއްޔަތުން ބޭރުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް އިތުރުކުރުމުގެ ބިލު ފަންސާސް ހަތް މެންބަރުންގެ އަޣްލަބިއްޔަތުން ބޭރުކޮށްލައިފި

ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް އިތުރުކުރުމުގެ ބިލު 57 މެންބަރުންގެ އަޣްލަބިއްޔަތުން ބޭރުކޮށްލައިފި އެވެ. މަޖިލީހަށް ބިލް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބިލް ބަލައިގަތުމަށް ތާއީދު ކުރެއްވީ 12 މެންބަރުންނެވެ.

މިބިލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުން އަންނަ މަހަކު 2000 ރުފިޔާ، 5000 ރުފިޔާ އި 7000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އިތުރުކުރަން ދަނގެތި ދާއިރާގެ މެންބަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ހުށަހެޅުއްވި ބިލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި އިޞްލާހް ބަލައިގަނެ 2 އަހަރު ވަންދެން ކޮމިޓީގައި ބޭއްވުމަށްފަހު ވެސް ވަނީ ފާސްނުކޮށްފައެވެ.

މިއަދު އޮންލައިން