ލޯކަލް މާރުކޭޓުގައި ޤަވާއިދާ ޚިލާފަށް ހިންގަމުން އައި ތިރީސް ގޮޅިއެއް ބަންދު ކޮށްފި!

ކިޔުމަށް ހޭދަވާނީ 56ސ
ލޯކަލް މާރުކޭޓުގައި ޤަވާއިދާ ޚިލާފަށް ހިންގަމުން އައި ތިރީސް ގޮޅިއެއް ބަންދު ކޮށްފި!

މާލޭގެ ލޯކަލް މާރުކޭޓުގައި ޤަވާއިދާ ޚިލާފަށް ހިންގަމުން އައި 30 ގޮޅިއެއް މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފިއެވެ.

އެކައުންސިލުން ބުނީ ބަންދުކުރި ގޮޅިތަކަކީ ގުދަންތަކުގެ ގޮތުގައި ބައެއް ފަރާތްތަކުން ބޭނުންކުރަމުން އަންނަ ގޮޅިތަކެއް ކަމަށެވެ.

ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިއްކަމުން އަންނަ ލޯކަލް މާރުކޭޓަކީ ރާއްޖޭގެ ގިނަ އުފެއްދުންތަކާއި ބޭރުން ގެނެސްފައިވާ ކާބޯތަކެތިވެސް ވިއްކަމުން އަންނަ މާރުކޭޓެކެވެ. އަދި މާލޭގެ އެއް ފާހަގަ ކަމުގައިވެސް އެތަން ވެފައިވެއެވެ.

އެމާރުކޭޓުން ގުދަނެއްގެ ގޮތުގައި ޤަވާއިދާއި ޚިލާފަށް ބޭނުން ކުރަމުން އައި 30 ގޮޅިއެއް ސިޓީ ކައުންސިލުން ބަންދުކޮށްފައިވާއިރު، ލޯކަލް މާރުކޭޓުގައި ހިންގާ ބައެއް ގޮޅިތަކުގެ ވެރިންނަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ނުދައްކާ ފަރާތްތައް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކުމަށް ނޯޓިސް ދިނުމަށްފަހު ގޮޅީގެ އެގްރިމެންޓާއި މީރާއަށް ފައިސާ ދެއްކި ކަމުގެ ލިޔުންތައް ހުށަހެޅި ތިން ތަނަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

މިއަދު އޮންލައިން