އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ޝާހްރުކް ޚާން ރާއްޖޭގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ޝާހްރުކް ޚާން ރާއްޖޭގައި!

ބޮލީވުޑްގެ ސްޕަރސްޓަރ ޝާހްރުކް ހާން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްރާއްޖެ އަތުވެއްޖެއެވެ.

ޝާހްރުކް މިއަދު ރާއްޖެއައީ އޭނާގެ އަންހެނުން ގޯރީ އާއި ތިން ދަރިންނާ އެކުއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޝާހްރުކް އާއި އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާނީ ޖުމައިރާގަ އެވެ.

ރާއްޖެއަކީ މިހާރު ބޮލީވުޑްގެ ސްޓާރުންގެ މަގުބޫލުކަން ލިބިފައިވާ މަންޒިލެކެވެ. ދާދިފަހުން އަމީތާބް ބައްޗަން އާއި އޭނާގެ އާއިލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

 

މިއަދު އޮންލައިން