ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އައްޑޫގަ ހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ނައްތާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އައްޑޫގަ ހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ނައްތާލައިފި

ކަސްޓަމްސްެގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ 17 ޖުލައި 2019 ވަނަ ދުވަހު ވެމްކޯ ސ.ހިތަދޫގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަންސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. 

މިއަދު އޮންލައިން