ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރަސްމީ ބިޑު ހުށައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރަސްމީ ބިޑު ހުށައަޅައިފި

ދިވެހި ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް ހުށަހަޅަންޖެހޭ ރަސްމީ ބިޑް، މިއަދު ހުށަހަޅައިފިއެވެ.

މި ބިޑް ހުށަހަޅައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޙްލޫފް އެވެ.

ބިޑް ހުށަހެޅުމުގެ ހަފްލާ ބާއްވާފައިވަނީ  މިއަދު ހެނދުނު މޮރީޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައެވެ.

މިބިޑު ރާއްޖެއިން ކާމިޔާބު ކުރުމުގެ ގޮތުން ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރު މަޙްލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ގޭމްސްގައި ވާދަކުރާ ހަތަރު ގައުމަކަށް ދާދި ފަހުން ވަޑައިގެން އެގައުމުތަކުގެ ރައީސުންނާއި ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކޮށްފައެވެ.

އައިއޯއައިޖީ 2023 އަށް ރާއްޖެއިން ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

ރާއްޖެއިން ބިޑު ހުށައެޅިނަމަވެސް އޭގެ ކުރިން މަޑަގަސްކަރަ އާއި ކޮމޮރޮސް އިން ވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ.

މިއަދު އޮންލައިން