ކުޑަ އިންޓްރެސްޓަކާއެކު ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު އާތިފާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކާ ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގެ ލޯނުގައި ގެދޮރު އިމާރާތް ކުރަން މަޝްރޫއުތައް ފެށުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އުއްމީދު ކުރަނީ މި އަންނަ އޯގަސްޓު މަހުގެ ނިމުމާ ހިސާބަށް، ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި ޕަސް ޕަސެންޓާއި ހަ ޕަސެންޓު އިންޓްރެސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކާ ލުއި ލޯނު ދިނުމުގެ މަސައްކަތް އާއްމުވެގެންދާނެ ކަމަށެވެ.
އަދި ފާއިތުވި ހަ މަސް ދުވަހު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެކަމާ ގުޅޭ އެންމެފަހުގެ ޑްރާފްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.