މިފްކޯއަށް ގެއްލުންވަމުންދާއިރު 1 ޑޮލަރަށްވުރެ ހެޔޮ އަގުގަ ވިއްކާ މަސްދަޅު ގަންނަ މީހާ ވިއްކަނީ އިންތިހާއަށް ބޮޑުއަގުގަ!: އިލްޔާސް ލަބީބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މިފްކޯއަށް ގެއްލުންވަމުންދާއިރު 1 ޑޮލަރަށްވުރެ ހެޔޮ އަގުގަ ވިއްކާ މަސްދަޅު ގަންނަ މީހާ ވިއްކަނީ އިންތިހާއަށް ބޮޑުއަގުގަ!: އިލްޔާސް ލަބީބް

މިފްކޯއަށް އިންތިހާއަށް ގެއްލުންވަމުންދާއިރު 1 ޑޮލަރަށްވުރެ ހެޔޮ އަގުގައި މިފްކޯއިން ވިއްކާ މަސްދަޅު ގަންނަ ބޭރުގެ މީހާ އެ މަސްދަޅު ވިއްކަނީ އިންތިހާއަށް ބޮޑުއަގުގައި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި އިލްޔާސް ލަބީބް މިއަދު ވިދާޅުވީ މިފްކޯގެ ހުރިހާ މަސްދަޅުތަކެއް ހެން ގަންނަނީ ބޭރުގެ އެންމެ މީހެއް ކަމަށާއި އެމީހާއަތުން އެ މަސްދަޅު ގަނެގެން އިނގިރޭސިވިލާތުގެ ފިހާރަތަކުގައި ވިއްކަނީ 6، 7 ޕައުންޑަށް ކަމަށެވެ. އެހެންކަމުން މި ބޮޑު ތަފާތުގެ މަންފާ ބެހިގެންދާ ގޮތް ބަލަން ޖެހިފައިވާ ކަމަށެވެ.

އިލްޔާސް ލަބީބް ވިދާޅުވީ މި ޑީލުން ނަފާ ލިބޭ ބައަކު ހޯދައި އެކަން ބަލަން ޖެހޭނެ ކަމަށާއި އެކަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅަން ސަރުކާރަށް ޖެހޭ ކަމަށެވެ.

އިލްޔާސް ލަބީބް މިމޭރުމުން ވިދާޅުވިއިރު މިފްކޯއިން އުފައްދާ ބޭރުގެ މަސްދަޅު ރާއްޖޭގައި ވިއްކާ އަގަށްވުރެ މާ ބޮޑުތަން ހެޔޮއަގުގައި އެކްސްޕޯޓްކުރާ ކަމުގެ މައްސަލައިގައި ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން