"ޓިކްޓޮކްގެ ބައްޕަ" ގެ ގޮތުގަ މައްޝޫރުވީ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
"ޓިކްޓޮކްގެ ބައްޕަ" ގެ ގޮތުގަ މައްޝޫރުވީ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

"ޓިކްޓޮކްގެ ބައްޕަ" ގެ ލަގަބު ދީފައިވާ މީހަކު، އުމުރުން 10 އަހަރުގެ ކުޑް ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކޮށްފިއެވެ.

 

ފުލުހުން ބުނެފައިވަނީ އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައުލޫމާތެއް 23 ޖުލައި 2019 ވަނަ ދުވަހު ލިބުމާއި ގުޅިގެން، ރޭ 18:30 ގައި އުމުރުން 51 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

 

އެނގިފައިވާ ގޮތުގައި މިއަމަލު ހިންގާފައިވަނީ، ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބޭނުން ކުރަމުން އަންނަ "ޓިކްޓޮކް" ގައި ތަފާތު ވީޑިއޯތަކެއް ކުޅެފައިވާ މީހެކެވެ. އޭނާއަށް "ޓިކްޓޮކްގެ ބައްޕަ" އޭ ވެސް ބައެއް މީހުން ކިޔައެވެ. އޭގެއިތުރުން އޭނާއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން