އަންނަ ބުރާސްފަތި ދުވަހު ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އައްޑޫ ސިޓީގައި ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އަންނަ ބުރާސްފަތި ދުވަހު ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އައްޑޫ ސިޓީގައި ފަށަނީ

ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ. 

ޓައިޓްން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރާ ތިން ދުވަހަށް ދެމިގެންދާ މި މައުރަޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މިމައުރަޒު ކުރިއަށްދާނީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައެވެ. 

މިމައުރަޒުގައި އެކިކަހަލަ އުފެއްދުންތައް ދެއްކުމާއި މައުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިނެތްގޮތް ކިޔައިދިނުމާއި އަލަށް ވިޔަފާރިއެއް ފަށަންވީގޮތުގެ މައުލޫމާތުދިނުން ފަދަ ކަންކަން އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިއަދު އޮންލައިން