"ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގައި ކުރެވޭތޯ ބަލަންވާނެއެވެ. ނަމާދެއް އެނަމާދުގެ ވަގުތުގައި ނުކުރެވިއްޖެ ނަމަ ވީއެންމެ އަވަހަކަށް ޤަޟާކުރަންވާނެއެވެ. ނަމާދުކުރަންވާނީ ތަރުތީބުންނެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ނަމާދު ވަގުތު ފާއިތުވެދާއިރު ނުކުރެވި ހުންނަ ނަމާދުތައް ތަރުތީބުން ނުކުރެވޭނަމަ ޢަމަލުކުރަން ރަނގަޅު ގޮތަކީ ކޮބައިތޯ؟ އަދި ހުރިހާ ނަމާދެއްކޮށް ނިންމަން ޖެހޭނެ އެންމެ ފަސް ގަޑިއަކީ ކޮބައިތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ދީނީ ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި ނަމާދު އެޅުން ހުއްދަވެގެންވަނީ ހަމައެކަނި ނަމާދު ވަގުތު ފާއިތުވެގެންދާއިރުވެސް ނިދިން ނުހޭލެވުމުންނާއި ހަނދާން ނެތުމުންނެވެ. މަސައްކަތް ބުރަވުމެއް ނުހިމެނެއެވެ.