ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ސެކިއުރިޓީއަށް އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ސެކިއުރިޓީއަށް އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ސެކިއުރެޓީއަށް އެދިފައިވާކަމަށް ރައްޔިތުންގެ މަޖިލިސްގެ އިދާރާއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން މަޖިލީހުން ބުނެފައިވަނީ ސެކިއުރެޓީ އަށް އެދި ވަޑައިގެންނެވި 5 މެމްބަރުންގެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ސެކިއުރެޓީއަށް އެދުނު މެމްބަރުންގެ ނަމާއި ސެކިއުރެޓީއަށް އެދުނު ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މީގެ ކުރިން ވިދާޅުވެފައިވަނީ ބައެއް މެމްބަރުންނަށް ބިރު ދައްކައި އިންޒާރުތައް ދެމުންދާތީ ސެކިއުރެޓީ ފޯރުކޮށް ދިނުމަށް ޑިފެން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

 

މިއަދު އޮންލައިން