ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަށް ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ވަނީ ފާހަގަކުރައްވާފައެވެ. އެއީ ހުސައިން ފިޔާޒު މޫސާ، އަތަމާގެ / ވިލުފުށީ، އަހުމަދު ފަޔާޒް ހަސަން. މ.ހަޒާރީވިލާ، އަހުމަދު އާހިދް ރަޝީދު، ހ. ގުރުވަ އަދި ފާތިމަތު ސައުސަން. މ. ވެންކޫވަރ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް އިއުލާންކުރައްވާފަ އެވެ. އަދި މިބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ތަޅުމުން މިހާރު ވަަނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.