އާންމުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ތިން ބޭފުޅުންގެ ނަން ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެބޭފުޅުންގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު ޚާލިދު ޤާސިމާއި އަލްއުސްތާޛު ޒުބައިރު އަޙްމަދު މަނިކާއި އަލްއުސްތާޛާ މިރުފަތު ފާއިޒެވެ. މިތިންބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ޢާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއް ކަޑައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ޖޭއެސްސީގައި އާންމުންގެ ތެރެއިން ކަޑައަޅާފައިވާ މެމްބަރު ޢަބްދުލްހަންނަނު އަޙްމަދުގެ ދައުރުގެ މުއްދަތު ހަމަވާތީއެވެ. މިމަޤާމަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރުވުމާއި ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުމާއި ސިޔާސީ މަޤާމެއް ފުރަމުންދާ އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމަށް ވެގެން ނުވާނޭކަމަށް ކަޑައަޅާފައިވެއެވެ. ޖުޑިޝަރީ ކޮމިޓީއަށް އާންމުގެ ތެރެއިން ކަޑައަޅާ މެމްބަރުގެ މުއްދަތަކީ 5 އަހަރުއެވެ.