މާދަމާ (ހުކުރު ދުވަހުން) ފެށިގެން ރޯދަހިފަން ފެށިދާނެއެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މާދަމާ (ހުކުރު ދުވަހުން) ފެށިގެން ރޯދަހިފަން ފެށިދާނެއެވެ!: ޑރ. އިޔާޟް

"މާދަމާ، ހުކުރު ދުވަހުން ފެށިގެން ރޯދަހިފަން ފެށިދާނެއެވެ.  

މަނާވެގެންވަނީ ހުކުރު ދުވަހު އެކަހެރިކޮށް (ހުކުރު ދުވަހު އެކަނި) ރޯދަ ހިފުމެވެ. ވީމާ ހުކުރު ދުވަހު ރޯދަ ހިފާފައި ހޮނިހިރު ދުވަހުވެސް ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ މިއަދު (ބުރާސްފަތި ދުވަހު) ސުންނަތް ރޯދަ ނުހިފާ މީހާއަށްވެސް ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހަކީ ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ 9 ދުވަސް  ކަމަސްވެފައި މާދަމާއަކީ (ހުކުރު ދުވަހަކީ) މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށްވުމުން މާދަމާ ވެސް ރޯދަ ހިފިދާނެ ކަމެވެ. ނަމަވެސް ހުކުރު ދުވަހު އެކަނި ރޯދަ ހިފުމެއް ނެތްކަމާއި ހުކުރު ދުވަހު ރޯދަ ހިފާ މީހާ ހޮނިހިރު ދުވަހުވެސް ރޯދަ ހިފުމުން މައްސަލައެއް ނެތްކަމެވެ. 

 

މިއަދު އޮންލައިން