ދިވެހިންނަށް ވިސާގެ ކަންކައް ފަސޭހަކޮށްދިނުމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު ލަންކާގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި މަޝްވަރާކޮށްފިއެވެ.
މިބައްދަލުކުރެއްވުމުގައި، ލަންކާގައި އުޅޭ ދިވެހިންނަށް އަދި އެގައުމަށްދާ ދިވެހިންނަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީ ވަނީ ބުނެފައެވެ.
ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންތައް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ.