ކުއްލި ނުރަކަލުގެ ހާލަތު ހިންގާ މަޖިލިސް ނިންދަވާފަ ބޭއްވިއިރު ކަންބޮޑެއް ނުވޭ! މިހާރު މަޖިލީހަށް ޤަރާރެއް ހުށަހެޅުމުން ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުއްލި ނުރަކަލުގެ ހާލަތު ހިންގާ މަޖިލިސް ނިންދަވާފަ ބޭއްވިއިރު ކަންބޮޑެއް ނުވޭ! މިހާރު މަޖިލީހަށް ޤަރާރެއް ހުށަހެޅުމުން ކަންބޮޑުވޭ!

ރާއްޖޭގައި ޤާނުނުތަކާއި ޚިލާފަށް ކުއްލި ނުރައްކަލުގެ އިއުލާނުކޮށް އަދި އެއިރު ހުންނެވި މަޖިލީހުގެ ރައީސް، މަޖިލިސް ނިންދަވާފައި އެތައް ދުވަހަކު ބޭއްވި އިރުވެސް ކަންބޮޑު ނުވި މެނަބަރުން މަޖިލީހަށް މިހާރު ޤަރާރެއް ވެއްދުމުން ކަންބޮޑުވާތީ އެކަމާއިމެދު މާބޮޑަށް ކަންބޮޑުވާ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މެންބަރުން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ އެދުވަސްވަރު މަޖިލީހުން ކުރި ހަމައެކަނި ކަމަކީ ޤާނޫނާއި ޚިލާފަށް ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމުން އެކަމަށް ތާއީދުކޮށް ހިތްވަރު ދިނުން ކަމަށެވެ. "އެކަމަކު އެދުވަސްތަކުގައި މަޖިލީހުގެ ވަގުތު ގެއްލުވައިލާތީ ވަގުތު ބޭކާރުކުރާތީ ކަންބޮޑެއް ނުވޭ. ނަމަވެސް މިހާރު ހިނގަމުންދާ ބޮޑެތި ކަންކަމާއި ގުޅިގެން މަޖިލީހަށް ޤަރާރެއް ވައްދައިފިނަމަ އެކަން މިވަނީ މަޖިލީހުގެ ވގުތު ބޭކާރުކުރުން ކަމަށް."

ނިމިދިއަ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގެ ރައީސްކަށް ޢަބްދުﷲ މަޞީޙް އިންނަވައިގެން ކުރެވުނު މަސައްކަތްތަކަށްބަލާއިރު ރައްޔިތުންނަށް އެއްވެސް ވަރެއްގެ ފައިދާއެއް ކުރާނެ މަސައްކަތްކޮށްފައިވަމީ ވަރަށް މަދުންނެވެ. އަދި ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އޮޑިޓަރ ޖެނެރަލް ނެރއްވި 800 އަށްވުރެ ގިނަ ރިޕޯޓް، އެރިޕޯޓްތަކުގައި އަތްލުމުން ރިޕޯޓްތަކުގެ ނާޒުކްކަން ގެއްލިދާނެތީ އަތްވެސް ނުލައި "ބޮޑުފޮށީގައި" ރައްކާކޮށްފައި ބޭއްވުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން