ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ ސައުދީގަ ހުންނަވާ ރާއްޖޭގެ ސަފީރަށް ޑރ. އިޔާޟް ޝުކުރު އަދާކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ ސައުދީގަ ހުންނަވާ ރާއްޖޭގެ ސަފީރަށް ޑރ. އިޔާޟް ޝުކުރު އަދާކުރައްވައިފި

ރާއްޖެއިން މިއަހަރު ޙައްޖުވުމަށް ސައުދިއަރަބިޔާއަށް ދާ މީހުންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ ސައުދީގަ ހުންނަވާ ރާއްޖޭގެ ސަފީރު، މުޙައްމަދު ޚަލީލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޝުކުރު އަދާކުރައްވައިފި އެވެ. 

ޑރ. އިޔާޒް ވިދާޅުވީ ފްލައިޓުން ފޭބީންސުރެ މައްކާއަށް ދިއުމަށް ބަސްތަކަށް އަރަންދެން އެންމެންގެކަންކަންވެސް ވަރަށް ގާތުން ސަފީރު ބައްލަވަމުން ގެންދެވި ކަމަށެވެ. މީގެ އިތުރުން ޑރ. އިޔާޟް ވަނީ ޙައްޖު މިޝަންގެ ބޭފުޅުންނަށާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒިފުންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ. 

މިއަދުނޫހުގެ ދީނީ ލިޔުންތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދަވާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަން ސައުދިއަރަބިޔާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. 

މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަތީ ޕްލޭނިންގ މިނިސްޓަރ އަސްލަމް އެވެ. ޢާއިލާގެ ބޭފުޅުންނާއިއެކު ޝައިޚް އިމްރާންޢަބްދުﷲ ވެސް މިއަހަރު ވަނީ އަމިއްލަފުޅުގޮތުން ޙައްޖަށް ވަޑައިގެންފައެވެ. 

ޑރ. އިޔާޟް އަށާއި އެންމެހައި ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދި ދުޢާ ކުރަމުއެވެ.

 

މިއަދު އޮންލައިން