އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތް ފަރާތްކަމުގައިވާ ޑިލައިޓް ފޭސް / ސ.ހިތަދޫ، އާމިނަތު ސަނާ މިއަދު މެންބަރުކަމުގެ އިޤްރާރުގައި ސޮއިކޮށްފިއެވެ.
އާމިނަތު ސަނާ މިމަޤާމަށް އިންތިޚާބުވެވަޑައިގަތީ ކުރިން އެމަޤާމު ފުރުއްވަމުން ގެންދެވި ބޯޅަދަޑިގެ / ސ.ހިތަދޫ، އާމިނަތު ހަފީޒާ މަޤާމު ދޫކޮށްލެއްވުމުން އެމަޤާމަށް މެންބަރަކު ހޮވުމަށް ބޭއްވުނު އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.
މިއިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ފަރާތަކީ އާމިނަތު ސަނާއެވެ.