ޢަރަފާތު ދުވަހުގެ ރޯދައިގެ ފަހު ފުރުޞަތު! ހެނދުނު ތެދުވެ ނިޔަތް ގަނެގެންވެސް މާދަމާ ރޯދައަށް ހުރެވިދާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢަރަފާތު ދުވަހުގެ ރޯދައިގެ ފަހު ފުރުޞަތު! ހެނދުނު ތެދުވެ ނިޔަތް ގަނެގެންވެސް މާދަމާ ރޯދައަށް ހުރެވިދާނެ!: ޑރ. އިޔާޟް

"މިރޭ ނިޔަތް ނުގަނެވުނު މީހާ، ހެނދުނު ތެދުވެ ނިޔަތް ގަނެގެންވެސް މާދަމާ ރޯދައަށް ހުރެވިދާނެއެވެ. އެހެނީ ޢަރަފާތު ދުވަހުގެ ރޯދައަކީ ސުންނަތް ރޯދައަކަށްވާތީއެވެ. ޝަރުޠަކީ ނިދީން ހޭލައި (ފަޖުރުލީ ފަހުން) އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުރެ މާދަމާ ސުންނަތް ރޯދަ ހިފަން ނިޔަތް ގަތުމެވެ. 

ފަރުޟު ރޯދައެއް ހިފާނަމަ ރޭގަނޑު ނިޔަތް ގަންނަން ޖެހޭނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މި ބަސްފުޅަށް ޝައިޚް އަބޫ ޢީސާ ވަނީ ތާއީދުކުރައްވައިފައެވެ. ޝައިޚް ވިދާޅުވީ ރަސޫލް (ޞޢވ) ހެނދުނު ފަރިއްކުޅުއްވަން ބެއްލެވިއިރު ގަނޑުވަރުގައި ފަރިއްކުޅުއްވާނެ އެއްވެސް އެއްޗެއް ނެތުމުން "ހުންނަވާނީ ރޯދައަށް" ކަމަށް ވިދާޅުވެ ރޯދައަށް ހުންނެވި ކަމަށެވެ. 

It is narrated in Sahih Muslim that the Prophet (s) once approached A'ishah (r) late morning and asked if there was any food, to which she said no. The Prophet (s) then said, "Ok then, I'm going to fast." 

This is the main proof for those who say it is allowed to start a NAFL fast (not a Ramadhan fast or making up an obligatory fast for qadha' reasons) during the day time as long as you've not had breakfast and as long as you start it before Zawal.

Zawal time is Islamic Midday, meaning about 20 minutes before the start time of Dhuhr prayer on your calendars. Zawal/Islamic Midday is NOT the usual "Midday" of 12pm. Today in the UK, that would be around 12:45pm depending on location. 

ޝައިޚް އަބޫ ޢީސާ ވިދާޅުވީ މެންދުރު ނަމާދަށް ގޮވުމުގެ 20 މިނިޓް ކުރިން ނިޔަތް ގަނެފި ނަމަ ސުންނަތް ރޯދައަށް ހުރެވޭނެ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަރުޟު ރޯދަ އާއި ޤަޟާ ކުރަން ޖެހޭ ފަރުޟް ރޯދައެއް ނަމަވެސް ހެނދުނު ނިޔަތް ގަނެގެން ނުހިފޭނެ ކަމަށާއި ހިފަން ޖެހޭނީ ރޭގަނޑު ނިޔަތް ގަނެގެން ކަމަށެވެ.

ވީމާ މާދަމާ ސުންނަތް ރޯދަ ހިފަން ނިޔަތް ގަތުމުގެ ފުރުޞަތު ހެނދުނާއި ހަމައަށް ވަނީ ލިބިފައެވެ.

 

މިއަދު އޮންލައިން