ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައިވާ ކަސްޓަންސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދު ވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށެވެ.
ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު 2 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 287 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު ޖުލައި 2019
|
ތަފްޞީލް |
ޖުލައި 2018 (ދިވެހި ރުފިޔާއިން) |
ޖުލައި 2019 (ދިވެހި ރުފިޔާއިން) |
އިތުރުވި/ދަށްވި އިންސައްތަ |
|
ދައުލަތަށް ލިބުނު އާމްދަނީ |
281 މިލިއަން |
287 މިލިއަން |
2% އިތުރު |
|
އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު) |
196 މިލިއަން |
165 މިލިއަން |
16% ދަށް |
|
އިމްޕޯޓް ކުރެވުނު މުދާ (ސީ.އައި.އެފް އަގު) |
4.1 ބިލިއަން |
3.7 ބިލިއަން |
9% ދަށް |
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫ.އޭ.އީ. އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރު އަދި ޗައިނާއިން ވަނީ 13 އިންސައްތަ އިމްޕޯޓްކޮށްފައެވެ. އަދި މީގެ އިތުރުން އިންޑިއާއިން 11 އިންސަައްތަ މުދާ އެތެރެކޮށްފައިވެއެވެ. ވޭތުވެދިޔަ ޖުލައި މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.