ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނެފައިވަނީ 2019 އޮގަސްޓް 16 ވަނަ ދުވަހު ސްރީލަންކާއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.52 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް  1މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި މަސްތުވާތަކެތި އަތުލައިގަނެ މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙްޤީގްކުރަމުންނެވެ. 

 

 

މިއަދު އޮންލައިން