މުސްލިމުންނަށް އަނިޔާކުރުން މަޖިލީހުގަ ސިޔާސީ ކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މުސްލިމުންނަށް އަނިޔާކުރުން މަޖިލީހުގަ ސިޔާސީ ކަމަކަށް!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ކަޝްމީރުގެ މުސްލިމުންނަށް އަނިޔާލިބެމުންދާއިރު އެކަމާއިމެދު ދިވެހި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔައިފައެވެ. އަނެއްބައި މެންބަރުން ވަނީ ޗައިނާގައި މުސްލިމުން ރޯދަ ހިފުމަށްވެސް ހުރަސް އަޅައި މުސްލިމުންނަށް އަނިޔާކުރަމުން ގެންދާއިއރު އެކަމާއި ގުޅިގެން ރައީސް ޔާމީނުގެ ސަރުކާރުން އަމަލުކުރި ސިޔާސަތަށް ފާޑުކިޔައިފައެވެ.

ރައްޔިތުންގެ ގިނަ ބައަކު ބުނަމުން ގެންދަނީ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަނެ އަނިޔާކުރަމުން ގެންދާނަމަ އެކަމަކީ ސިޔާސީ ކަމަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާއިއެކު ނިމިގެންދިއަ ރަމަޟާން މަހަކީ ޗައިނާގެ މުސްލިމުންނަށް އެންމެ ފައުޅުކަން ބޮޑު ގޮތެއްގައި ރޯދަ ހިފަން ހުރަސް އެޅި ރޯދަ މަސްކަންވެސް ދުނިޔޭގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ކަޝްމީރުގެ މިއަދުގެ ޙާލަތަށް ބަލާއިރު ކަޝްމީރުގެ މުޅި ތާރީޚަށް ބެލި ނަމަވެސް އެންމެ ބޮޑު ނިކަމެތި ކަމެއް ލިބިފައިވަނީ މިހާރުކަން ކަޗްމީރުގެ ރައްޔިތުން ގެންދަނީ ފާހަގަކުރަމުންނެވެ. ކަޝްމީރުގެ މުސްލިމުންނަށް ޤާނޫނުން ލިބިދީފައިވާ ޢިނާޔަތްތައް ލިބޭ އާރޓިކަލް 370 އިންޑިއާ ސަރުކާރުން މިހާރު ވަނީ އުވާލައިފައެވެ. އަދި ކޮންމެ ދުވަހަކުހެން ގެންދަނީ ހަތިޔާރެއް ނެތް މުސްލިމް ރައްޔިތުންގެ ގައަށް ބަޑިޖަހަމުންނެވެ.

މިއަދު އޮންލައިން