ލ. ލިންކް ރޯޑަކީ "މުއްސަނދިވާން ބޭނުންނަމަ ފުރަތަމަ މަގުތައް ހަދާ!" ޝިއާރުގެދަށުން ގުޅުވައިދީފައިވާ ގުޅުވައި ދިނުމެއް!: ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ލ. ލިންކް ރޯޑަކީ "މުއްސަނދިވާން ބޭނުންނަމަ ފުރަތަމަ މަގުތައް ހަދާ!" ޝިއާރުގެދަށުން ގުޅުވައިދީފައިވާ ގުޅުވައި ދިނުމެއް!: ސަފީރު

"މުއްސަނދިވާން ބޭނުންނަމަ ފުރަތަމަ މަގުތައް ހަދާ!" މިއީ ޗައިނާއިން ބޭނުންކުރާ ހަރުބަހެއް ކަމަށާއި ލ. އަތޮޅުގައި ގަމާއި ފުނަދޫ ގުޅުވާލަދިން 17 ކިލޯމީޓަރުގެ ދިގު ލިންކް ރޯޑަކީ ދިވެހިރައްޔިތުންނަށްޓަކައި ޗައިނާއިން ގުޅުވާލައިދީފައިވާ ގުޅުވައިލުމެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒީންގ ވިދާޅުވެއްޖެއެވެ. 

ސަފީރު މިމޭރުމުން ވިދާޅުވެފައިވާއިރު ލ. ލިންކްރޯޑް މަޝްރޫޢަކީ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ދެ ޤައުމުން މަޝްވަރާކުރަން ފަށައި ޗައިނާއިން 30 މިލިއަން ޑޮލައރުގެ ބޮޑު ހިލޭ އެހީގެ ދަށުން ޗައިނާއިން ހިންގައިދީފައިވާ މަޝްރޫޢެކެވެ.

ލިންކް ރޯޑުގެ ސަބަބުން ފުނަދު ޢާއި ގަން މިހާރު ގުޅިފައިވުމުން ދަތުރުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބި މުޅި އަތޮޅުގެ ރައްޔިތުންނަށް ދަނީ އެކަމުގެ ފައިދާ ކުރަމުންނެވެ.

މިއަދު އޮންލައިން