ތިމާއަށް ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފަ އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ތިމާއަށް ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފަ އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫން: ޑރ. އިޔާޟް

"ތިމާއަށް ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫނެވެ. ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދައި ތައުބާވެ އިޞްލާޙްވޭތޯ ބަލަންވީއެވެ." 

މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓެކެވެ. އިތުރު ތަފްޞީލު ދެއްވާފައި ނުވިނަމަވެސް އިބާރާތަށް ބެލުމުން ދޭހަވަނީ ފާހަގަކުރައްވާފައި އެވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އަންހެނުންނަށް ފަނޑިޔާރުކަން ދިން މައްސަލައަށް ކަމަށެވެ. 

މީގެ އިތުރުން ޑރ. އިޔާޟް ވަނީ ފަނޑިޔާރުގެ އިޞްލާޙްކުރުމުގެ ނަމުގައި ފަސާދަނުކުރުމަށް ވެސް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފައެވެ.

 

މިއަދު އޮންލައިން