ނަބީބޭކަލުންނާއި ބެހޭ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުގައި ނުހިނގާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ޢަލީގެފާނާއި ޢުމަރުގެފާނުގެފާނުގެ ވާހަކަފުޅުތައް އެނގިވަޑައިނުގަންނަވާ ކަމަށާއި އެބޭކަލުންގެ ވާހަކަފުޅުތަކާއި މަޖިލީހުގައި ހިނގާ ކަންކަމާއި ގުޅުވަން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަސް
ޖާބިރަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މެންބަރުން ދައްކަވާ ވާހަކަފުޅުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ގޯސްކޮށް މެންބަރަކު ވާހަކަ ދައްކާނަމަ ރިޔާސަތުން ހުއްޓުވާނެ ކަމަށެވެ.
ރަސޫލް (ޞޢވ) އާއި 4 ޚަލީފާއިންގެ ސިޔަރަތަކީ މުސްލިމުންނަށް އެނގެންޖެހޭ އަސާސީ މައުލޫމާތެއްކަން ފާހަގަކުރެވެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މައްކާއަށް ވަޑައިގަތުމުން މައްކާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ޢުމަރުގެފާނުގެ ސިޔަރަތު ފޮތެއް އރުވާފައިވަނީ ވެސް އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
"ނަބީބޭކަލުންނާއި ބެހޭ އެއްވެސް ކަމެއް މަޖިލީހުގައި ނުހިނގާ ކަމަށް" ބުނި ނަމަވެސް ނަބީ ބޭކަލުންނާއި ރަސޫލްބޭކަލުންނާއި ގުޅުން ނެތް އޮތީ ކޮން ކަމެއް ކަމާއިމެދު ސުވާލުއުފެދެއެވެ.