ސަރުކާރުގެ ފަރާތުން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް މާދަމާރޭ ފާސް ކޮށްދެއްވުމަށް މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެ މައްސަލަ ފޮނުވަންޖެހޭނީ މާލިއްޔަތު ކޮމެޓީއާ އިޤްތިސާދީ ކޮމެޓީ އެއް ކޮށްލައިގެން ހެދޭ ކޮމިޓީއަކަށްކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުގެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދުގެ ހަތަރު ދަމު އެއްކޮށް އެ މައްސަލަ ދިރާސާ ކުރުމަށްފަހު މާދަމާގެ ޖަލްސާއަށް ހުށަހަޅައި އެރެއާ ހަމައަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދެއްވާނެކަމަށެވެ. އަދި އަމާޒަކީ މާދަމާ ރޭ ސަޕްލިމެންޓަރީ ބަޖެޓަށް ގޮތެއް ނިންމުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.