މުއްދަތު ހަމަވުމުގެ ކުރިން ދިރާގު ރޯޑު ރޭހުގެ ހުރިހާ ޖާގަ ފުލްވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
މުއްދަތު ހަމަވުމުގެ ކުރިން ދިރާގު ރޯޑު ރޭހުގެ ހުރިހާ ޖާގަ ފުލްވެއްޖެ

މުއްދަތު ހަމަވުމުގެ ކުރިން ދިރާގު ރޯޑު ރޭހުގެ ހުރިހާ ޖާގަ ފުލްވެއްޖެކަމަށް ދިރާގުން ބުނެފިއެވެ.

މުވާސަލާތީ ކުންފުނިން ބުނީ މިއަހަރަށް ކަނޑައަޅާފައިވާ 4000 މީހުންގެ ޖާގަ އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑު ރޭސް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައެވެ.

ފާއިތުވި އަހަރުތަކާއި ޚިލާފަށް މިރޭހުގައި އޮންނަ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން ބާއްވާ ގަޑިއަށް ވަނީ ބަދަލުގެނެސްފައެވެ.

އެގޮތުން 10 ކިލޯމީޓަރުގެ ދުވުން ހެނދުނު 6:00 ގައި ބއްވާ އިރު، 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު

16:30 ގައެވެ.

ބައިނަލްއަޤުވާމީގޮތުން އެކްރެޑިޓްކޮށްފައިވާ މި ރޭސް ބާއްވާ މިއީ 13 ވަނަ އަހަރެވެ.

މިއަދު އޮންލައިން