ހެޔޮލަފާ މީހުންގެ ނަޞޭޙަތް ޤަބޫލުކުރެއްވުމަށް ރައީސް ޞާލިޙްގެ އަރިހުގަ ޑރ. އިޔާޟް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހެޔޮލަފާ މީހުންގެ ނަޞޭޙަތް ޤަބޫލުކުރެއްވުމަށް ރައީސް ޞާލިޙްގެ އަރިހުގަ ޑރ. އިޔާޟް އެދިވަޑައިގެންފި

ހެޔޮލަފާ މީހުންގެ ނަޞޭޙަތް ޤަބޫލުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ޑރ. މުޙައްމަދު އިޔާޟް އެދިވަޑައިގެންފި އެވެ. 

މިކަމަށް އެދިވަޑައިގެން ޑރ. އިޔާޟް ކުރެއްވެވި ޓްވީޓުގައި ބަޔާން ކުރައްވާފައިވަނީ އަލްއަޢްރާފް ސޫރަތުގެ 79 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ: 

" ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ރަސޫލުކަން ތިއަބައިމީހުންނަށް އިއްވެވީމެވެ. އަދި ތިއަބައިމީހުންނަށް އަހުރެން ނަޞޭހަތް ތެރިވީމެވެ. އެހެނެއްކަމަކު، ތިއަބައިމީހުން ނަޞޭޙަތްތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ." 

މިއީ ބާލިޙްގެފާނުގެ ބަސްފުޅެކެވެ. މިއާޔަތުގެ ކުރިއަށް އޮތް 78 ވަނަ އާޔަތުގައި ވަނީ: 

" ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބައަކު ކަމުގައި އެއުރެން ވެއްޖައޫއެވެ". 

އެހެންކަމުން ޑރ. އިޔާޟް ބަޔާން ކުރައްވަވާފައި އެވަނީ ހެޔޮލަފާ މީހުންގެ ނަބޭޙަތް ޤަބޫލުނުކުރާނަމަ ﷲ ތަޢާލާގެ ކޯފާ އެ ބައެއްގެ މައްޗަށް އަތުވެދާނެ ކަމުގެ ބަސްފުޅުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން