1.7 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
1.7 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފިނޭސް މިނިސްޓްރީން ފޮނުވި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްވީ މިރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

ފިނޭންސުން ހުށަހެޅި ގޮތަށް ކޮމެޓީން ބަޖެޓް ފާސްކުރިއިރު، ކޮމެޓީން ނިންމާފައި ވަނީ، ކޮމެޓީން ނިންމި ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު އެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތުކޮޅެއް އެރުވުމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ހަރަދު ކުރުމަށް 27.3 ބިލިއަން ރުފިޔާ މީގެކުރިން ފާސްކުރި ނަމަވެސް އެ އަދަދަށް އިތުރު 1.7 ބިލިއަން ރުފިޔާ ހިމެނުމަށް ވަނީ ނިންމައިފަ އެވެ. އެހެން ކަމުން މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދު 29 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. 

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރަން ކޮމެޓީއަށް ފިނުވީ މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް ކަމަށްވާއިރު، އެކަން މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ފާގަކުރައްވާފައެވެ. 

މިއަދު އޮންލައިން