އަންހެނުން ފަނޑިޔާރު ކަމަށް އިސްކުރުމާއިމެދު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ރައުޔު ހޯދަން ބައެއް މެންބަރުން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އަންހެނުން ފަނޑިޔާރު ކަމަށް އިސްކުރުމާއިމެދު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ރައުޔު ހޯދަން ބައެއް މެންބަރުން ގޮވާލައިފި

އަންހެނުން ފަނޑިޔާރު ކަމަށް އިސްކުރުމާއިމެދު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ރައުޔު ހޯދަން މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ދިނީ ޢިލްމުވެރިންގެ ގިނަ ބައަކު އަންހެނުން ފަނޑިޔާރުކަމަށް އިސްކުރަން ތާއީދުކުރާ ކަމަށެވެ. އެހެންކަމުން މިކަމުގައި ދީނީ ޢިލްމުވެރިންގެ ވިސްނުން ހުރިގޮތް ފުޅައު ދާއިރާއެއްގައި ބެލުން މުހިންމު ކަމަށެވެ.

ބައެއް މެންބަރުން މިމޭރުމުން ވިދާޅުވި ނަމަވެސް ރާއްޖެއަށް ބަލައިފިނަމަ އެންމެ ގިނަ ދީނީ ޢީލްމުވެރިން ތިއްބެވި ޖަމިއްޔަތުއް ސަލަފުންނާއި އަދާލަތު ޕާޓީން ވެސް ވަނީ ފަނޑިޔާރުކަމަށް އަންހެނުން ގެނައުމާއި ދެކޯލަށް ފަތުވާ ނެރެފައެވެ. ރައީސް މައުމޫން ފަދަ ވަރަށް މަދު ބޭފުޅަކު ނޫނީ ދީނީ ޢިލްމުވެރިންގެ ތެރެއިން އެކަމަށް ތާއީދުކުރައްވާފައެއް ނުވެއެވެ.

ބައެއް މެންބަރުންވަނީ ފަނޑިޔާރުކަމަށް އަންހެނުން އިސްކުރުމާއި ދެކޮޅަށް ވަކާލާތު ކުރައްވާ ދީނީ ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަދު އޮންލައިން