ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕާއި ގުޅި އިސްލާމް ދީން އުނގެނެން މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ ޝަރީފަށް ޑރ. އިޔާޟް ދައުވަތު ދެއްވައިފިއެވެ.
ޑރ. އިޔާޟް މިފަދަ ދައުވަތެއް ދެއްވީ ޝަރީފް މަޖިލީހުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ގޮން ޖެއްސެވުމުންނެވެ. ގޮންޖެއްސެވި ނަމަވެސް ދީން ކިޔަވާ ވިދާޅުވި ޔުނިވަރސދިޓީ ޝަރީފް ވިދާޅެއް ނުވެއެވެ.
"ޝަރީފް މިއަދު ވިދާޅުވީ ޝަރީފްގެ ކުރިމައްޗަށް ހުރިހާ ފަނޑިޔާރުންނާ ގާޒީންނާއި، އަދި ދަންނަބޭކަލުންވަޑައިގެންނެވި ނަމަވެސް ޖަވާބު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. "ކެރިގެން ޖަވާބުދޭނަން. އަޅުގަނޑުގެ ކަޒިން ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ވެސް ޖަވާބުދޭން ތައްޔާރު. އާޔަތްތަކާއި ހަދީސްތަކާ ހިފައިގެންވަޑައިގަންނަވާ، ކެރިގެން މިދަންނަވަނީ އަޅުގަނޑުމެން ހުއްޖަތް ދައްކާނަން، ހަދީސުން، އާޔަތުން، ހަމަތަކުން އުސޫލުތަކުން" ޝަރީފް މިއަދުގެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޟް މަވޯޓާ ޝަރީފަށް މިފަދަ ދައުވަތެއް އެރުވީ ޝަރީފް ދެއްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ބަލައި "ޝަރީފަށް ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންނަށް ދެ ދުވަހުން އެއް ދުވަހު އަމިއްލަފުޅަށް ބުއް ނުދެއްވާތީ އާއި ދެ ދަރިން އެއް ދަރި ޝަރީފް ނުވިހާތީ" ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފައުޅުކުރަމުންދާ ވަގުތެއްގައެވެ.
Alhugadu ge cosin mavota Islamic knowledge viber groups ah join kuravvaa islam dheenuge mauloomaathu dhaskurevvumah dhauvathu aruvan.
— Dr Mohamed Iyaz (@dr_iyaz) August 26, 2019
https://t.co/jQnFdFLWuI on Viber