އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމް އެއީ އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. އިސްލާމް ދީނަށްވުރެ ބޮޑަށް އަންހެނުން ޒީނަތްތެރިކޮށް އަންހެނުންނަށް ޙައްޤުތަކެއް ދެއްވެވި ދީނެއް ނުވެއެވެ.
އިސްލާމް ދީނުގައި އެކަނބަލުންނަށް ނުދެއްވާ ބާރުތަކެއް އެކަނބަލުންނަށް ދޭން ކަމަށް ބުނެ ވާހަކަ ދައްކާ މީހުން އެކުރާ ކަމަކީ އަންހެނުންނަށް އަނިޔާވެރިވުމެވެ. އެއްވެސް އެއްޗެއް އޮންނަންވާތަން ނޫން ތަނެއްގައި ބޭއްވުމަކީ އެއަށް ދެވޭ އަނިޔާއެކެވެ. ވީމާ އަންހެނުންނަށް ފަނޑިޔާރުކަން ކުރަން ޙަވާލުކުރުމަކީ އެކަނބަލުންނަށް ވެވޭ އަނިޔާއެކެވެ. ކުރެވޭ އިހާނެތި ކަމެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް