ސައުދީގަ ވައްކަން ކުރީމަ އަތްކަނޑާ! ޒިނޭކުރިމަ މަރުގެ އަދަބުދޭ! ޑްރަގް އެތެރެކުރީމަ މަރުގެ އަދަބުދޭ! އެވާހަކަ ނުދައްކަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސައުދީގަ ވައްކަން ކުރީމަ އަތްކަނޑާ! ޒިނޭކުރިމަ މަރުގެ އަދަބުދޭ! ޑްރަގް އެތެރެކުރީމަ މަރުގެ އަދަބުދޭ! އެވާހަކަ ނުދައްކަނީ ކީއްވެ؟

ސައުދީގެ ކޯޓުތަކުގައި ޢާއިލީ މައްސލަތަކާ މަދަނީ މައްސަލަތައް ބަލަން އަނހެން ޤާޟީން ތިބި ވާހަކައިގެ އަޑު މަޖިލީހުގައިވެސް އަދި ބައެއް މީހުންވެސް ގެންދަނީ ވަރަށް އަޑުހަރުކޮށް ދައްކަމުންނެވެ. މި ވާހަކަ އެހައި ބާރަށް ދައްކާއިރު ސައުދީގައި ވައްކަން ކުރީމަ އަތްކަނޑާ ވާހަކަ އާއި ޒިނޭކުރިމަ މަރުގެ އަދަބުދޭ ވާހަކަ އާއި ޑްރަގް އެތެރެކުރީމަ މަރުގެ އަދަބުދޭ ކަމުގެ ވާހަކަ ނުދައްކަނީ ކީއްވެތޮއެވެ؟

ރާއްޖެއާއި ސައުދިޢަރަބިޔާއަކީ ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިންސައްތަ މުސްލިމް 2 ޤައުމެވެ. ވީމާ އިސްލާމް ދީނުގެ ކަންކަމުގައި ދެ ޤައުމުގެ ހާލަތު އަޅުވައިކިޔާއިރު ހަމަ އެމީހަކު ބޭނުންވާ ކަންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އިސްލާމް ދީނުގެ ހުރިހާ ކަންކަމުގެ ވާހަކަ ދައްކަން ފަސްޖެހެނީ ކީއްވެގެންތޯއެވެ؟

ސިންގަޕޫރު ތަރައްޤީވެ ކުރިއަރާފައިވާ ވާހަކަ ވަރަށް ބާރަށް ދައްކަމުން ގެންދާއިރު ކޮރަޕްޝަނާއި ވައްކަމަށް ސިންގަޕޫރުގައި ދޭ ބޮޑު އަދަބާއި ސިންގަޕޫރަށް ޑްރަގް އެތެރެކުރުމުން ފާއިތުވި ވިހިވަރަކަށް އަހަރުގެ ތެރޭގައި 400 އަށްވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމުގެ ވާހަކަތައް ނުދައްކަނީ ކީއްވެގެންތޯއެވެ؟

މިފަދަ ސުވާލުތަކަށް ޖަވާބުދެވޭނަމަ ރާއްޖޭގެ ޙާލަތަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް އަންނާނެކަން ޤަބޫލުކުރަންޖެހެއެވެ.

މިއަދު އޮންލައިން