ނައިފަރުގެ މަގުތަކުގަ ކުއްލިއަކަށް ފެންބޮޑުވާން ފެށުމުން ރޮޒައިނާ ކަންބޮޑުވެއެޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނައިފަރުގެ މަގުތަކުގަ ކުއްލިއަކަށް ފެންބޮޑުވާން ފެށުމުން ރޮޒައިނާ ކަންބޮޑުވެއެޖެ!

ނައިފަރުގެ މަގުތަކުގައި ކުއްލިއަކަށް ފެންބޮޑުވާން ފަށައި ހިނގައި ނުއުޅެވޭވަރުވެއްޖެކަމަށް މެންބަރު ޝިޔާމް ހާމަކުރެއްވުމުން މެންބަރު ރޮޒައިނާ ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

ވާރޭކޮޅެއް ވެހިލާއިރަށް ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެ ހިނގައި ނުއުޅެވޭވަރުވާ ކަމަށާއި އެ މައްސލަ މިހާރުން މިހާރުން ހައްލުކޮށްދިނުމަށް މިއަދުގެ ޖަލްސާގައި ޝިޔާމް ގޮވާލެއްވުމުން ރޮޒައިނާ ވިދާޅުވީ ފާއިތުވި 5 އަހަރު ވެރިކަންކުރިއިރު މަގުތައް ނުހައި ތިބެފައި އަދި އަހަރުވެސް ނުފުރޭ ސަރުކާރަކުން އެކަން ނުކޮށްގެން ކަންބޮޑުވުން ފައުޅުކުރެއްވީތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ފާއިތުވި 5 އަހަރު ބަޖެޓަސް ބަދަލުތައް ގެންނަމުން ދިއައީ ސިއްރުން ކަމަށެވެ. "ސަރުކާރުގެ ވެރިއަކު ރަށަކަށް ވަޑައިގަތީމާ ރައްޔިތުން ކަމަކަށް އެދުމުން މާލެ ވަޑައިގެން ސިއްރުސިއްރުން އެބަދަލު ގެންނަނީ މަޖިލީހަށް ނުވެސް އަންގާ. ނަމަވެސް ޤާނޫނާށއި އެއްގޮތަށް ބަޖެޓަށް ބަދަލު ގެންނަން މިސަރުކާރުން އުޅުނީމާ ކަންބޮޑުވެގެން އެއުޅެނީ."

ރޮޒައިނާ ވިދާޅުވީ ދާއިރާގެ މަގުތައް ހަދަން ބެލިއިރު ރައީސް ޔާމީނުގެ ސަރުކާރުން ވަޅުލާފައިވާ ހޮޅިތަކުން ލީކުވާތީ މަސައްކަތަށް ހުރަސް އެޅުނު ކަމަށެވެ. "ރައީސް ޔާމީނުގެ ސަރުކާރަށް 1 އަހަރުވީއިރު އެއްވެސް ކަމެއް ނުކުރާތީ އެމްޑީޕީން މުޒާހަރާކުރިން. މިސަރުކާރުން މިހާރުވެސް މިވަނީ 45 މަޝްރޫޢުގެ މަސައްކަތް ފަށާފަ." ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން