ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ. މިއަދުގެ ޖަލްސާގައި މުއްދަތު އިތުރުކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާޤުންނެވެ.
ރިޔާސަތުން ވިދާޅުވީ މި ހިނގާ ދައުރު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި ދައުރުގެ މުއްދަތު އިތުރުކުރީ ނުނިމި ގިނަ މައްސަލަތަކެއް ހުރުމުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަނީ މެންބަރު ރޮޒައިނާ ހުށަހެޅުއްވި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލް މަޖިލީހަށް ބަލައިގެންފައެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ގެންދަނީ ބަޖެޓު އިތުރުކުރުމުގެ މައްސަލައިގެ ބަހުސްއެވެ.