1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މި ބަޖެޓް ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ އާމްދަނީގެ ގޮތުގައި ހިމަނާފައި ވަނީ ސައުދީ ސަރުކާރުން ދިން 618.8 މިލިއަން ރުފިޔާއާއި އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ރުފިޔާ އެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށް ވުރެ އިތުރުވުމާ ގުޅިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.