އަހަރަކު ކުޑަކުދިން ޖިނާޢީ ކުށް ކުރުމުގެ ތިންސަތޭކަ އަށްވުރެ ގިނަ މައްސަލަތައް ހުށަހެޅެމުން މިދަނީ ސަރުކާރުތަކުން އަޅާނުލާތީ: މެންބަރު ޢަބްދުލްމުޙްޞީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަހަރަކު ކުޑަކުދިން ޖިނާޢީ ކުށް ކުރުމުގެ ތިންސަތޭކަ އަށްވުރެ ގިނަ މައްސަލަތައް ހުށަހެޅެމުން މިދަނީ ސަރުކާރުތަކުން އަޅާނުލާތީ: މެންބަރު ޢަބްދުލްމުޙްޞީން

އަހަރަކު ކުޑަކުދިން ޖިނާޢީ ކުށް ކުރުމުގެ 300 އަށްވުރެ ގިނަ މައްސަލަތައް ކުޑަކިންގެ މައްސަލަތައް ބަލާ ކޯޓަށް ހުށަހެޅެމުން މިދަނީ އެއްވެސް ސަރުކާރުތަކުން އެކަމާއިމެދު ދޭންޖެހޭ ސަމާލުކަން ނުދީ އަޅައިނުލައި ދޫކޮށްލާފައިވާތީ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްޞީން ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސަދާގައި ޢަބްދުލްމުޙްޞީން ވިދާޅުވީ އދގެ ކަމާއި ބެހޭ މުޢާހަދާގައި 1991 ވަނަ އަހަރު ރާއްޖެއިން ސޮއިކުރި ކަމަށާއި ރާއްޖެއަކީ މުޢާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ޤައުމު ކަމަށެވެ. އަދި ސޮއިކުރުމަށް އަވަސް އަރަގަނެ އެކަން ކުރި ނަމަވެސް މުޢާހަދާ އާއި ގުޅިގެނަ ކުރަންޖެހޭ ކަންކަން މިއަދާއި ހަމައަށްވެސް ކޮށްފައި ނުވާ ކަމަށެވެ.

ޢަބްދުލްމުޙްޞީން ވިދާޅުވީ ކުށްކުރުމުގެ ވެށްޓަށް ގިނައިން ވަންނަމުންދަނީ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުޑަކުދިން ކަމަށެވެ. މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަސް ބެލި ނަމަވެސް 155 މައްސަލަ ކުޑަކުދިންގެ ކޯޓަށް ހުށްހެޅިފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ އަލަށް ކުށްކުށް ކުރި 76 ކުދިންގެ މައްސަލަ އާއި ކުށް ތަކުރާރުކުރި 79 ކުދިންގެ މައްސަލަތައް ކަމަށެވެ. އަދި ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު 95 އިންސައްތައަކީ ފިރިހެން ކުދިންގެ މައްސަލަތައް ކަމަށެވެ.

ރާއްޖޭގައި ޖިނާޢީ ކުށް ކުރާ ކުޑަކުދިންގެ ޙަޤީޤީ އަދަދު މިއަށްވުރެ 4 ގުނަ އިތުރު ވާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގައި ކުޑަކުދިންނަށް ކުށުގެ ވެއްޓަށް މިނިވަންކަމާއިއެކު ނުކުތުމުގެ ފުރުޞަތު މިހައި ބޮޑުވެގެން ދިއައީ 1990ގެ ކުރީކޮޅު ދަރިން ތަރިން ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަން ﷲ ތަޢާލާ ހަވާލުކުރެއްވެވި ބެލެނިވެރިންނަށް އެ މަސްއޫލިއްޔަތު އަދާކުރަން ސަރުކާރުން ހުރަސް އަޅައި ކުށުގެ ވެއްޓަށް ނުކުންނަން ސަރުކާރުން މަގުފަހިކުރުމުންނެވެ.

ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރުމުން ބެލެނިވެރިން ކުށްވެރިކޮށް އަދަބުވެސް ދީފައިވާކަން ފާހަގަކުރެވެއެވެ. ކުޑަކުދިން ޖިނާޢީ ކުށްކުރުން ހުއްޓުވަން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައެއް ނެތް!:

މިއަދު އޮންލައިން