ޢަބްދުﷲ ދިދީ ރާއްޖެ ގެނެސް ކޮށްފައިވާ ކުށްތަކަށް އަދަބު ދިނުމަށް ގޮވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޢަބްދުﷲ ދިދީ ރާއްޖެ ގެނެސް ކޮށްފައިވާ ކުށްތަކަށް އަދަބު ދިނުމަށް ގޮވާލައިފި!

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދިދީ ރާއްޖެ ގެނެސް އޭނާ ކޮށްފައިވާ ކުށްތަކަށް އަދަބު ދިނުމަށް މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވިދާޅުވީ ޢަބްދުﷲ ދީދީ ވަނީ ނޫސްވެރިޔާ ރިޟްވާން ގެއްލުވައިލި މީހުން ރާއްޖެއިން ފުރުވާލުމުގައި އެހީތެރިވެދީފައިވާ ފަނޑިޔާރެއް ކަމަށެވެ. އަދި ރާއްޖޭގައި ހިނގައި ދިއަ އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ވެސް ބައިވެރިއެއް ކަމަށެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ރާއްޖެއިން ފުރަމުން ޢާއިލާއަށް 2 މިލިއަން ރުފިޔާ ދިން ކަމަށާއި އެއީ ކޮންތަނަކުން ހޯދި ފައިސާކަމާއިމެދު ސުވާލު އުފެދޭ ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެއެވެ. މީގެ އިތުރުން ބައެއް މެންބަރުން ވަނީ ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަކީ އެފަދަ އަމަލު ކުރާ އެހެން ފަނޑިޔާރުންނަށް ދެވޭ ފިލާވަޅެއް ކަމަށްވެސް ބުނެފައެވެ.

ޤައުމުން ބޭރުގައި ފިލައި ހުރުމުގެ ފުރުޞަތު ނުދީ ރާއްޖެ ގެނެސް އޭނާ އާއިމެދު ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބެލުމަށްވެސް މެނަބްރުން ވަނީ ގޮވާލައިފައެވެ.

މިއަދު އޮންލައިން